ދެވެނަ ފަހަރަށް ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރަށް ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ހުންނަ އެން،މެ ބޮޑު 6 މާރުކޭޓު ބަންދުކޮށްފިއެވެ.
ބެއިޖިންގުގެ ފަންގްޓާއީގައި ހުންނަ ޒިންފޭޑީ މާރުކޭޓުންވަނީ 517 ސާންޕަލު ނަގާފައެވެ. އަދި 45 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި އޭގެ ތެރެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ ޢަލާމާތެއް ފެނިފައިނުވާކަމަށް އެ ސަރަހައްދުގެ ރަސްމީ އިދާރާތަކުންވަނީ ބުނެފައެވެ..
ޖޫން މަހުގެ 12ވަނަ ދުވަހު ބެއިޖިންގުގައި ކޯވިޑް-19 ޖެހުނު 6 މީހުންނަކީ ޒިންފޭޑީ މާރުކޭޓަށް ގޮސްފައިވާ މީހުންނެވެ. އެހެންކަމުން، އެ ސަރަޙައްދުގައި ކުރިއަށްދާ ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ފަތުރުވެރިކަމުގެ ޙަރަކާތްތައް ހުއްޓާލުމަށްވަނީ އަންގާފައެވެ. އަދި އެ މާރުކޭޓު ވަށައިގެން އަޮންނަ 11 އަވަށެއްވަނީ ބަންދުކޮށްފައެވެ. ޖޫން މަހުގެ 15ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ މަދަރުސާތައް ނުހުޅުވާގޮތަށްވަނީ ނިންމައިފައެވެ. އަދި އެ މާރުކޭޓަށް ގޮސްފައިވާ 10،000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވޭތޯ ބެލުމަށް ތަހުލީލުކުރުމަށްވަނީ ނިންމައިފައެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީގައެވެ.