ޚަބަރު

އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި


މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަދުވަހު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމުގައި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ތަޙުޤީގުކުރަމުން އަންނަކަމަށާއި އަނިޔާ ލިބުނު ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ދާދިފަހުންވެސް ވަނީ ދެކުނުގެ ރަށެއްގައި ޤުރުއާން ކްލާހެއް ހިންގާ މީހަކު 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްވެސް ފެންމަތިވެފައެވެ.

މި މައްސަލައާ ގުޅިގެން އެމީހާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް 15 ދުވަހުގެ ބަންދު މުއްދަތު ޖަހާފައެވެ.