ޚަބަރު

ކަނޑޫދޫން މިނި ކަށިތަކެއް ފެނިއްޖެ


ތ.އަތޮޅު ކަނޑޫދޫ ގޮނޑުދޮށުން މިނި ކަނށިގަނޑެއް ފެނިއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އެރަށުގެ ދެކުނުފަރާތު ގޮނޑުދޮށުން ފެނިފައިވަނީ އިންސާނެއްގެ ބޮލުގެ ކަނށިގަނޑެކެވެ. މިކަން ހާމަވީ ޢާއްމުންގެ މީހަކަށް މިކަށިގަނޑު ފެނިގެން އެރަށުގެ ކައުންސިލަށް ރިޕޯޓުކުރުމުންނެވެ. ބެލެވޭގޮތުގައި ވަރަށް ދުވަސްވެފައިވާ މިކަށިގަނޑު ފެނުނީ މިއަދު މެންދުރެއްހާއިރުއެވެ.

މިކަން ފުލުހުންނަށް ރިޕޯޓުކުރުމާއެކު ފުލުހުން މިކަން ބަލަމުންދާކަމަށް މަޢުލޫމާތުލިބެއެވެ.