ޚަބަރު

ގަވާއިދުން ޓެކްސްދެއްކި 17 ފަރާތަކަށް ރަންލާރި އެވޯޑު ދީފި


މިދިޔަ އަހަރު ގަވާއިދުން އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިންދޭ "ރަން ލާރ"ި އެވޯޑު
ދީފިއެވެ. އެފަރާތްތަކުން އިގްތިޞާދީ ގޮތުން ގައުމަށް ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ދޭ "ރަންލާރި އެވޯޑް" އެފަރާތްތަކައި
ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު އަބްދުލްޣަފޫރުއެވެ.

ރަންލާރި އެވޯޑަކީ ޓެކްސްގެ އިޖުރާތުތައް
ބަރާބަރަށް ފުރިހަމަކޮށް، މީރާއަށް ގަވާއިދުން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ ޚާާއްސަ
އެވޯޑެކެވެ. މި އެވޯޑް 11 ދާާއިރާއަކުން 17 ފަރާތަކަށް ދީފައިވޭ. އެގޮތުން ވިޔަފާރީގެ
ފައިދާއިން ނެގޭ ޓެކްސް އެންމެ ގިނައިން ދައްކައިގެން މިއެވޯޑް ހާސިލްކޮށްފައިވަނީ
ކާސާ ހޯލްޑިންގްސްގެ އިތުރުން ކޯސްޓް ލައިން އިންވެސްޓްމަންޓެވެ.  



ޓޫރިޒަމް ދާއިރާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން 150 އަށްވުރެ މަދުން
އެނދު ހިމެނޭ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން މިއެވޯޑް ހާސިލްކުރީ، ޔުނިވާސަލް އިން ހިންގަމުން ގެންދާ ހުވަފެންފުށި ރިސޯޓެވެ. އަދި
150 އެނދާއި 250 އެނދުގެ ކެޓަގަރީން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެވޯޑް
ގެންދިޔައީ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާއެވެ.



250 އަށްވުރެ ގިނައިން އެނދު ހުރި
ރިސޯޓުގެ ބައިގެ އެވޯޑު ލިބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށެވެ. ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން
ޓެކްސް ދައްކައިގެން ޓްރެވަލް އެޖެންސީ ކެޓަގަރީގެ އެވޯޑު ލިބުނީ ސަން ހޮޓެލްސް
އެންޑް ރިސޯޓްސްއަށެވެ. އެތެރޭގެ އުދުހުންތަކުގެ ކެޓަގަރީން މި އެވޯޑް
ހާސިލްކޮށްފައިވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭޒް ޓީއެމްއޭއިންނެވެ. މީގެ އިތުރުން،
ޓޫރިސްޓުންނަށް ކޭޓަރިންގެ ހިދުމަތް ދިނުމުގެ ބައިން ހުޅުލޭ އައިލެންޑް ހޮޓެލްއެވެ. އަދި ސަފާރީ ވެސެލްގެ ބައިން ހޮރައިޒަން ތިނެއް ވެސް އެވޯޑް ހޯދާފައިވެއެވެ.

 

ބޮޑެތި
ވިޔަފާރިތަކުގެ ބައިގެ އެވޯޑު ލިބުނީ ސޮނީ ހާޑްވެއާރއަށެވެ. މެދު ފަންތީގެ އެވޯޑު
ލިބުނީ އީގޯ މޯލްޑިވްސްއަށެވެ. އަދި ކުދި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް
ދައްކައިގެން އެވޯޑް ގެންދިޔައީީ ޕޭން އޯޝަން އިންޓަނޭޝަނަލްއެވެ. 



މީގެ އިތުރުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން
ރަންލާރި އެވޯޑް ހާސިލްކުރީީ މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑް، އެމްއޭސީއެލްއެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސް އެންމެ
ގިނައިން ދައްކައިގެން އެވޯޑް ހާސިލްކުރީ ބޭންކް އޮފް މޯލްޑިވްސްއެވެ. 



މިރަސްމިއްޔާތުގައި މީރާގެ
މުވައްޒަފުންގެ ތެރެއިން އެކިގޮތް ގޮތުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށްވެސް
ހަނދާނީ ފިލާ ދީފައިވެއެވެ. އަދި އާ ކޯޕަރޭޓް
އައިޑެންޓިޓީއެއް ވެސް ދައްކާލާފައިވާއިރު، މިނިވަން ފަންސާސް ފާހަގަ ކުރުމުގެ
ގޮތުން ދިހަ ހާސް ރުފިޔާގެ ސްޓޭމްޕް ސެޓެއްވެސް ނެރެފައިވެއެވެ. މީރާގެ އަހަރީ ދުވަހުގެ
ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ ދެވަނަ ދުވަހެވެ.