ވިޔަފާރި

ފަތުރުވެރިންނަށް ޙާއްސަ އިންޝުއަރެންސްއެއް ހަމަޖެއްސުމަށް ބޯޓިން އެސޯސިއޭޝަނުން މަޝްވަރާކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ޙާއްސަ އިންޝުއަރެންސްއެއް ހަމަޖެއްސުމަށް ނޭޝަނަލް ބޯޓިން އެސީސިއޭޝަން އޮފް މޯލްޑިވްސްއިން އިންޝުއަރެންސް ކުންފުނިތަކާއި މަޝްވަރާކޮށްފިއެވެ.

ބޯޓިން އެސޯސިއޭޝަނުން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމަކީ މިކަން ކުރެވިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މަސައްކަތްކުރާ އިންޝުއަރެންސް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އެލައިޑް އިންޝުއަރެންސް، އަމާނަތަކަފުލް، ސޭލިންކޯ، ދިވެހި އިންޝުއަރެންސް އަދި ސޮލަރެލް އިންޝުއަރެންސް ހިމެނެއެވެ.

ބޯޓިން އެސޯސިއޭޝަނުން ވިދާޅުވީ، އިންޝުއަރެންސް ކުންފުނިތަކާއިއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މިއީ ވެދާނެކަމެއްކަމަށް ބައެއް ކުންފުނިތަކުން ބުނެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ބޯޓިން އެސޯސިއޭޝަނަކީ ރާއްޖޭގައި ހިންގާ ސަފާރީތަކާއި ޔޮޓްތަކުގެ ބަލަދުވެރި އެސޯސިއޭޝަނެވެ. ސަފާރީ އިންޑަސްޓްރިއަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އިންޑަސްޓްރީއެކެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކުވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އާދެއެވެ.