ތަޢުލީމު

މަތީ ތަޢުލީމުގެ ލޯނަށް އެދުމަށް އިތުރު ފުރުސަތެއް ހުޅުވާލަނީ


މިމަހުގެތެރޭގައި މަތީ ތަޢުލީމުގެ ލޯންގެ ހަސަތޭކައަށް ވުރެން ގިނަ ފުރުސަތަށް  ހުޅުވާލާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.އެޑިޔުކޭޝަން މިނިސްޓަރގެ ނައިބު އަހުމަދު އަޒްލީން ވިދާޅުވީ، މިއަހަރު އޭލެވެލް ނިންމި ދަރިވަރުންނަށް ޚާއްސަކޮށްގެން ހުޅުވާލާ މިސްކީމަކީ މިއަހަރު އިޢުލާންކުރެވޭ މިސްކީމްގައި އޭލެވެލްގެ އިތުރަށް އެހެން ލެވެލްތަކުގައިވެސް ރާއްޖެއަށް މިވަގުތަށް މީހުން ތަމްރީނުކުރަން ބޭނުންވާ ދާއިރާތަކަށް ހުޅުވާލެވޭނެކަމަށެވެ. މި ސްކީމަށް ހުޅުވާލުމަށްފަހު، މަހެއްހާ ދުވަހުގެ ފުރުސަތެއްދެވޭނެކަމަށް އަޒްލީން ވިދާޅުވިއެވެ.ކޮންމެ އަހަރަކަށް މަތީ ތަޢުލީމުގެ 1000 ފުރުސަތަށް ހުޅުވާލެވޭއިރު، މިއަހަރުގެ މިހާތަނަށްވަނީ ތިންސަތޭކައެއްހާ ފުރުސަތަށް ހުޅުވާލާ ލޯން ދޫކޮށްފައެވެ.