ބިދޭސީއަކު މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި ބީދޭސީ މީހާ މި ފައިސާތައް ހޮވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތިންކަމަށެވެ. ސިޓީއުރެއްގެ ތެރޭގައި ހުރި މިފައިސާ މި މީހާ ހޮވާފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި މިހާ ހޮވައިގެން ގެނައި ފައިސާތަކުގެ ވެރި ފަރާތް ހޯދާ ޖެހިގެން އައި ދުވަހު އެމީހާ އެ ފައިސާ ހަވާލުކޮށްފައިވާކަމަށެވެ. ފުލުހުން ވަނީ މި ފައިސާތައް ހޮވި ބީދޭސީ މީހާގެ މި އަމަލު ފާހަގަކޮށް އެކަން ފުލުހުންގެ ޓްވީޓަރގެ ވެސް ފާހަގަކޮށްފައެވެ.