ވިޔަފާރި

އެސްޓީއޯގެ ހުއްދަ ނެތި އެކުންފުނީގެ ލޯގޯޖެހި މާސްކުތަކެއް ބަޔަކު ވިއްކަނީ


ކޯވިޑް-19އާ ގުޅިގެން ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކުގެ ތެރޭގައި އެސްޓީއޯގެ ވިޔަފާރި ލޯގޯ ޖަހާފައިވާ މާސްކު ތައްޔާރުކޮށް ވިއްކަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެސްޓީޢޯގެ ލޯގޯ ބޭނުންކޮށްގެން މާސްކުތަކެއް ހަދައިގެން ވިއްކަނީ އެއްވެސް ހުއްދައެއް ނެތިކަމަށެވެ. އަދި އެސްޓީއޯގެ ލޯގޯ ޖެހި މާސްކް ތައްޔާރުކޮށް ވިއްކުން ހުއްޓާލުމަށް އެކަން ކުރަމުންދާ ފަރާތްތަކަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކުންފުނީގެ ހުއްދަ ނެތި މިފަދަ އަމަލުތައް ނުކުރުމަށް އެސްޓީއޯއިން އިލްތިމާސްކުރެއެވެ.

ކޯވިޑް-19އާ ގުޅިގެން މާސްކުގެ ޑިމާންޑުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިއާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޭގައި މާސްކު ފަހައިގެންވެސް ވިއްކަމުންނެވެ.