ކުޅިވަރު

ޗައިނާ މެޗްގައި ޓީމަށް އިރުޝާދުދޭނީ އެސިސްޓެންޓް ކޯޗް އިއްމަ


ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗުގައި ޤައުމީ ޓީމަށް އިރުޝާދުދޭނީ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަޙްފޫޒް، އިންމަ ކަމަށް ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.ވޭތުވެދިޔަ 7 މަސްދުވަހު ޤައުމީޓީމަށް އިރުޝާދުދިން ކޯޗް ވެލިޒާވް ޕޮޕޯވް މަޤާމުން ވަކިކުރިކަން ޢިއުލާން ކުރުމަށްފަހު ޝަވީދު ވިދާޅުވީ ފެންވަރު ރަނގަޅު ތަފާތު ކޯޗެއް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް އާކޯޗް ރާއްޖެ އައިނަމަވެސް ޗައިނާ މެޗްގައި ޓީމަށް އިރުޝާދުދޭނީ އިންމަ ކަމަށް ޝަވީދު ވިދާޅުވިއެވެ.ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ޗައިނާ މެޗް ރާއްޖެއިން ބޭރަށް ނުވަތަ އެނޫން ޤައުމަކަށް ބަދަލު ކުރުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކޮންމެ ތަނެއްގައި މެޗް ކުޅެން ޖެހުނު ނަމަވެސް އެމެޗުގެ ކުރިން، މަދުވެގެން ރަޙްމަތްތެރިކަމުގެ 2 މެޗް ކުޅުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން އިންޑިޔާ، ސިންގަޕޯ އަދި ފިލިޕީންސާއެކު މެޗް ކުޅުމަށް ފުރުސަތު ލިބިފައިވާކަމަށް ޝަވީދު ވިދާޅުވިއެވެ. އަދި ޗައިނާ މެޗަށް ޤައުމީ ޓީމު ދާނީ އެމެޗްތައް ކުޅެފައިކަމަށްވެސް ޝަވީދު ވިދާޅުވިއެވެ. މީގެ އިތުރުން އާކޯޗްގެ ބޭނުން ހިފާނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ކަމަށާއި އާކޯޗް ގެންނާނީވެސް ކުރުމުއްދަތަކަށް ކަމަށް ޝަވީދު ވިދާޅުވިއެވެ.ޤައުމީ ޓީމު އިންމައާ ހަވާލުކުރި އިރު ވޯލްޑްކަޕް ކޮލިފައިން މެޗްތަކާއި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިޔަށް އެބައޮތެވެ. އެފްއޭއެމުންވަނީ މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅެން އޮތް މެޗް އެހެން ޤައުމެއްގައި ނުވަތަ އެތާރީޚްގައި ޗައިނާގައި މެޗް ކުޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައެވެ.