މުނިފޫހިފިލުވުން

"މިކޮއެ ބައްޕަ ބައޭ ބައޭ" ރޭ އޮލިމްޕަހުގައި އަޅުވައިފި


މުހައްމަދު އަލީ (މޮގާ)، އުފައްދާފައިވާ ފިލްމް "މިކޮއެ ބައްޕަ ބައޭ ބައޭ" ރޭ އޮލިމްޕަހުގައި އަޅުވައިފިއެވެ. އައިމިނަތު ރިޝަމީ އަދި މުހައްމަދު މަނިކު ލީޑްރޯލް ކުޅޭ މި ފިލްމްގެ ވާހަކަ އަކީ  ސައިކޮލަޖިކަލް ތްރިލަރ އެކެވެ.ބެލުން ތެރިންގެ މަޝްހޫރުކަން ހޯދާފައިވާ ފިލްމްތައް ކަމަށްވާ "ދިންވޭނުގެ ހިތާމައިގާ" "ހެޕީ ބާތްޑޭ" އަދި "ފަތިސްހަނދުވަރު ދޭއް" އުފައްދާފައިވާ މޮގާ ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމްގެ ޑައިރެކްޓަރަކީ ރަވީ ފާރޫޤްއެވެ. ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ މަހްދީ އަހްމަދުއެވެ. އަދި ކެމެރާ ކޮށްފައިވަނީ އަލީ ޝިފާޢު އެވެ.ރޭ ޕްރިމިއަރ ކުރި މި ފިލްމް ގެ ދެއްކުމަށް ހަމަޖެހިފައިވަނީ އިތުރު 2 ޝޯވް ކަމަށް ޕްރޮޑިއުސަރ މައުލޫމާތުދެއެވެ. އެގޮތުން މިރެ އާއި މާދަމާ ރޭ ގެ ޝޯވް އަށް ފަހު ދެން ފިލްމް އަޅުވާނީ މީހުންގެ ތަރުހީބަށް ބެލުމަށް ފަހުގައި ކަމަށް ޕްރޮޑިއުސާ މައުލޫމާތުދެއެވެ. އަދި ރަށްރަށުގައި މި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާކަމަށްވެސް ޕްރޮޑިއުސަރ މައުލޫމާތުދެއެވެ.