ޚަބަރު

ބުރިޖުމަތިން ފުންމާލި ބިދޭސީ މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް


ބްރިޖުމަތިން ފުންމާލި ބިދޭސީ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ ބުރިޖު މަތިން ފުންމާލި މީހާއަށް މިހާރުވެސް ދަނީ ފަރުވާދެމުން ކަމަށާއި އެމީހާ 99 އިންސައްތަ ރަނގަޅުވެފައިވާކަމށެވެ. އަދި މިހާރު އޮތީ އޮކްސިޖަންވެސް ނައްޓާލާފައިކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ. މީގެ އިތުރުން އެމީހާގެ އިތުރު ޓެސްޓްތަކެއް މިއަދު ހަދާނެކަމަށާއި އެއަށްފަހު ޓެސްޓްގެ ނަތީޖާއަސް ބެލުމަށް ފަހު ދޫކޮށްލާނެކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

ބުރިޖްމަތިން ކަނޑަށް ފުންމާލީ އުމުރުން 31 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ. އެ މީހާ ކަނޑަށް ފުންމާލި ރިޕޯޓް ފުލުހުންނަށް ހުށައެޅީ އިއްޔެ ހަވީރު 15:46 ހާއިރުގައެވެ. އަދި ކަނޑުގައި އޮއްވައި އެމީހާ ފުުލުހުންގެ ލޯންޗަކަށް ނަގައިގެން ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ.

އެ މީހާ ބްރިޖުމަތިން ފުންމާލީ ބްރިޖުގެ މެދާކާއި ހިސާބުންކަމަށް އެނގިފައިވެއެވެ.

މީގެ ކުރިންވެސް ބްރިޖުމަތިން ބައެއް މީހުންވަނީ ފުންމާލާފައެވެ.