ޚަބަރު

ފަރަށް އެރި ސައުތު އެކްސްޕްރެސް ބޯޓު ސަލާމަތްކޮށްދިނީ މަސްވެރިން


މޫސުމީ ވިއްސާރައިގެ ސަބަބުންނާއި މިނޫނަސް ތަފާތުއެކި ސަބަބުތަކާއި ގުޅިގެން ކަނޑުމަތީގައި ތަފާތު އެކި ހާދިސާތައް ހިނގައި އެތައް ބަޔަކު ހާލުގައި ޖެހެއެވެ. ޚާއްސަކޮށް އޮޑިދޯނި ފަހަރުތައް ފަރަށް އެރުމާއި ބަންޑުން ޖަހާލުން ފަދަ ހާދިސާތަކަކީ ރާއްޖޭގައި މަދުން ނަމަވެސް ހިނގަމުން އަންނަ ކަންކަމެވެ. މިފަދަ ހާދިސާތަކުގައި މީހުންގެ މުދަލާއި ދުރާނަ ސަލާމަތްކޮށްދިނުމަށްޓަކައި އަބަދުވެސް ދިވެހި ސިފައިންނާއި ފުލުހުން ތިބެނީ ތައްޔާރަށެވެ.

އެހެންނަމަވެސް ޖޯގުރަފީގޮތުން ރާއްޖެ ބެހިފައި އޮތްގޮތުން އުޅަނދެއްގެ އިންޖީނު ހުއްޓުން، ފަރަށް އެރުން ނުވަތަ ބަންޑުން ޖަހާލުން ފަދަ ހާދިސާތަކުގައި އެފަދަ ހާދިސާއެއް ހިނގި ސަރަހަށްދަށް ސިފައިންނާއި ފުލުހުންގެ އުޅަނދުތައް އަވަހަށް ފޮނުވުމުގައި ގޮންޖެހުންތައް އޮވެއެވެ. އަދި އެސަރަހައްދަކުން ދަތުރުކުރާ އުޅަނދެއް ނުވަތަ އެންމެ ކައިރީގައިވާ ރަށަކުން އުޅަނދެއް ފޮނުވައިގެން މީހުންނާއި މުދާ ސަލާމަތް ކުރުމަށް ކޯސްޓްގާޑުން މަސައްކަތް ކުރައްވައެވެ.

ގައްދޫ ސައުތު އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓި ބޯޓުގެ ފަހަތްކޮޅު ފަރުމައްޗަށް ލައްވުމާ ގުޅިގެން އެ ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް މަސްވެރީން ކުރަނީ --- ފޮޓޯ: ދިވެހި މަސްވެރީން ޓުވީޓާ

ދިވެހިންގެ އެހީތެރިކަމާއި އެކަކު އަނެކަކަށް ދޭ އަޅާލުން ހާމަވަނީ މީހުން ހާލުގައި ޖެހޭ ހާދިސާތަކުގެ ވަގުތުގައެވެ. ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުތަކަށް އެހެން އުޅަނދުތަކުން އެހީތެރި ވުމުގައިވެސް ދިިވެހި މަސްވެރިންނާއި ދަތުރުވެރިންނަކީ މިސާލެކެވެ. މިފަދަ އެއް ހާދިސާއަކީ ގދ.ގައްދޫ ސައުތު އެކްސްޕްރެސް ބޯޓު ހާލުގައި ޖެހުނު ހާދިސާއެވެ.

ގަދަ ކަނޑުގައި ދަތުރުކުރަމުންދިޔަ ގދ.ގައްދޫ ސައުތު އެކްސްޕްރެސް ބޯޓުގެ އިންޖީން ހުއްޓި ގއ ދާންދޫ ކައިރީގައި އޮންނަ ވޮޑުމުލާ ކަނޑާ ދިމާލަށް ފަރާ ކައިރިވުމުގެ ސަބަބަބުން އެ ވަގުތު އެ ސަރަހަދުތަކުގައި ހަރަކާތްތެރިވަމުންދިޔަ މަސްދޯނި ފަހަރުން ވަނީ އެބޯޓަށް އެހީ ތެރިކަން ފޯރުކޮށްދީ ސަލާމަތްކޮށްދީފައެވެ. ދިވެހިންގެ އެހީތެރިކަމާއި އެކަކު އަނެކަކަށް ދޭ އަޅާލުން ހާމަވަނީ މީހުން ހާލުގައި ޖެހޭ ހާދިސާތަކުގެ ވަގުތުގައެވެ. ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުތަކަށް އެހެން އުޅަނދުތަކުން އެހީތެރި ވުމުގައިވެސް ދިިވެހި މަސްވެރިންނާއި ދަތުރުވެރިންނަކީ މިސާލެކެވެ. މިފަދަ އެއް ހާދިސާއަކީ ގދ.ގައްދޫ ސައުތު އެކްސްޕްރެސް ބޯޓު ހާލުގައި ޖެހުނު ހާދިސާއެވެ.

ގައްދޫ ސައުތު އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓި ބޯޓުގެ ފަހަތްކޮޅު ފަރުމައްޗަށް ލައްވުމާ ގުޅިގެން އެ ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް މަސްވެރީން ކުރަނީ --- ފޮޓޯ: ދިވެހި މަސްވެރީން ޓުވީޓާ

މަސްދޯނި ފަހަރު އެ ސަރަހައްދަށް ގޮސް ބޯޓު ކަފު ޖެހުނު އިރު، ބޯޓުގެ ފަހަތްކޮޅު ވަނީ ފަރުމައްޗަށް އަރާފައެވެ. އަދި އެ ބޯޓުގެ ބަނޑުފިލައިން ފަސް ފޫޓުހާ ތަނެއް ހަލާކުވެ ދިޔަވާތީ އެކަން ހައްލުކުރުމަށް ދޯނި ފަހަރުން ދިޔަ ޑައިވަރުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ދިޔަ ހިއްކުމަށް ޓަކައި އިތުރު ޕަންޕުތައްވެސް ދޯނިފަހަރުން ވަނީ ބޯޓަށް އަރުވައިފައެވެ.

ފަރުގައި ޖެހުމުގެ ސަބަބުން ބޯޓުގެ ތިން ތަނަކަށާއި މުދަލަށް ވެސް ގެއްލުން ވެފައިވާ ކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާން ކުރި ޓުވީޓްގައި ވަނީ ބުނެފައެވެ.

ބޯޓު ފުންކޮށްގެން އެތާ ކައިރީ އޮންނަ ފަރެއްގެ ނިވަލަށް ގެންގޮސް ބައެއް މަރާމާތުކޮށްގެން، އެ އަތޮޅު ގެމަނަފުއްޓަށް ވަނީ ގެންގޮސްފައެވެ..

މި ބޯޓު ސަލާމަތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ ދ. ބަނޑިދޫ ޑެއިޒީ ދޯނިންނެވެ. ބޯޓު އިންޖީނު ހުއްޓި ފަރުމައްޗަށް ލައްވާން ފެށީ ފަތިހު 04:00 އެހާއިރުއެވެ. ދޯނީ މީހުންނަށް މިކަން އެނގުނީ ފަތިހު 05:15 އެހާއިރު އެވެ. އެވަގުތުން ފެށިގެން އެދޯނިން ވަނީ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިފަދަ ކޮންމެ އެހީތެރިކަމަކީ ލޯތްބާއި އޯގާތެރިކަން ދައްކުވައިދޭ ކަމެކެވެ. ކުރިން ނުދަންނަ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވެ ދެދުނިޔޭގެ ރަހުމަތްތެރި ކަމާއި ގާތްކަން އެއްބަޔަކު އަނެއްބައެއްގެ މެދުގައި އުފެދިގެންދާ ކަމެކެވެ. ދަތިއުނދަގޫ ކޮންމެ ވަގުތެއްގައި އެކަކު އަނެކަކަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަކީ ދިވެހިންގެ ތެރޭގައިވާ ރަނގަޅު އާދައެކެވެ.