ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1900އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1901އަށް އަރައިފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށްބަލާއިރު މިރޭގެ 6:00އާއި ހަމައަށް އިތުރު 18 މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމާކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހަކާއި ސްރީލަންކާގެ މީހަކާއި އިންޑިއާ މީހެކެވެ.

ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 1،129 މީހުންނެވެ. މީގެ ތެރެއިން 16 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 637 ދިވެހިންނާއި 1،264 ބިދޭސީންނެވެ. މީގެ ތެރެއިން 1،022 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އަދި 190 މީހުންނަކީ އިންޑިއާގެ މީހުންނެވެ.