ވިޔަފާރި

އީ-ސްޓޯރ މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މިހާރު ވިޔަފާރިކުރެވޭނެ


އެސްޓީއޯގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް، އީ-ސްޓޯރ.އެމްވީ މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އީ-ސްޓޯރ.އެމްވީ" ގެ ޚިދުމަތަކީ އެސްޓީއޯ ފިހާރަތަކުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ލިބޭ ޕްލެޓްފޯމެކެވެ. އެގޮތުން އީސްޓޯރ.އެމްވީއިން މިހާރު އެސްޓީއޯ ސްޕާމާޓުން ލިބެން ހުންނަ ތަކެތި ހޯލްސޭލްކޮށް ލިބެން ހުރުމުގެ އިތުރަށް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އީ.ސްޓޯރ މެދުވެރިކޮށް ހޯމް އިމްޕްރޫވްމަންޓު ފިހާރައިން ގަންނަ ތަކެތީގެ ތެރެއިން ގެއަށް ޑެލިވަރކޮށްދިނުމުގެ ޙިދުމަތް ލިބޭނީ އައިސްއަލަމާރި އަދި ދޮންނަ މެޝިން ގަންނަ ފަރާތްތަކަށެވެ. އެހެން ހުރިހާ އެއްޗެއް ގަތުމަށްފަހު ބަލާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓަށް އައުމުން ލިބޭނެއެވެ.

އާއްމުންނަށް "އީސްޓޯރ.އެމްވީ" މެދުވެރިކޮށް އެސްޓީއޯ ސްޕަރމާޓުން ތަކެތި ގަތުމުގެ ފުރުސަތު ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު މެދުކަނޑާލާފައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެޙިދުމަތްވެސް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.