ޚަބަރު

އުދަ އެރުމުގެ ފުރުސަތު އަދިވެސް އެބައޮތް - މިނިސްޓަރ ތޯރިގް


މިރޭ ކާނިވާ ސަރަހައްދައް އަރާފައިވަނީ އާދަޔާ ޚިލާފު އުދައިގެ ރާޅުތަކެއްކަމަށާއި އާންމުފަރާތްތަކުން މޫސުމާއި ބެހޭ މަޢުލޫމާތު ހޯއްދަވައި މިކަމަށް ސަމާލުވެތިބުމަށް އެންވަޔަރމަންޓް މިނިސްޓަރ އިލްތިމާސް ކުރައްވައިފިއެވެ. މިރޭ ކާނިވާ ސަރަހައްދަށް އުދަ އަރަމުންދާތީ އެސަރަހައްދުގައި ހުނަވައި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އެންވަޔަރމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވީ، ވޭތު ވެދިޔަ ތިން އަހަރުގައިވެސް މާލޭގެ އިރުމަތީ ފަރާތުގެ އެކި ދިމާތަކަށް އުދަ އަރާކަމަށާއި، ނަމަވެސް މިރޭ ފުދޭވަރަކަށް ބޮޑަށް ރާޅު އަރާފައިވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މާދަމާވެސް މާލެއަށް އުދައެރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން 24 ގަޑިއިރު އެކަން މޮނިޓަރ ކުރަމުންދާކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިރޭ 9 އަކުން ފެށިގެން ކާނިވާ ސަރަހައްދަށް އުދައަރަން ފަށާފައިވާއިރު، މިރޭ 11 ޖެހިއިރުން ފެށިގެން އެސަރަހައްދަށްވަނީ އާދަޔާ ޚިލާފަށް ބޮޑެތި ރާޅުތަކެއް އަރާފައެވެ. އަދި އޭގެ ސަބަބުން ކާނިވާ ހިމެނޭ ސަރަހައްދުގެ މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ. މިހާރު އެސަރަހައްދުގައި ޕަންޕުޖަހައި ފެން ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯހުންދަނީ ކުރަމުންނެވެ.