ޚަބަރު

ކާނިވާ ސަރަހައްދަށް އުދައަރާ އެސަރަހައްދުގައި ފެންބޮޑުވެއްޖެ


މިރޭ 11:15 އެހާއިރު ކާނިވާ ސަރަހައްދަށް އުދަ އަރައިފިއެވެ. އުދަައަރާ އުދައިގެ އަސަރު އެސަރަހައްދުގެ މަގުތަކަށް ވެސް ކޮށްފައިވެއެވެ.  އެސަރަހައްދުގައި ތިބި ޕީ.އެސް.އެމްގެ ރިޕޯޓަރުން ބުނީ ކާނިވާ ސަރަހައްދުގައި ހުރި ކެޕޭ ރެސްޓޯރަންޓްތަކަށްވެސް އުދައެރުމުގެ ސަބަބުން ބައެއް ތަންތަނަށް ބޮޑެތި ގެއްލުންވެފައިވާކަމަށެވެ. މީގެ ތެރޭގައި ސިޓްރޮން ރެސްޓޯރަންޓް އަދި ލިލީސް ފަދަ ތަންތަން ހިމެނެއެވެ.މިކަމާގުޅޭ ގޮތުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި، މާލެއަށް މިހާރު އަރަމުންދާ އުދައަކީ މާބޮޑު ނުރައްކާ ތެރިކަމެއް ހުރި ކަމެއް ނޫނެވެ. މިދުވަސްވަރަކީ މޫސުންގޯސް ދުވަސްވަރަކަށްވެފައި، މިވަގުތަކީ ދިޔަވަރު އެންމެ ބޮޑުވާ ވަގުތަށް ވުމުން އުދައަރަނީ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އުދަ މިއަށްވުރެއް ބޮޑަށް ކުރިއަށް އޮތް ވަގުތުތަކުގައި އަރާނެކަމަށް ނުބެލެވޭ ކަމަށްވެސް އެއިދާރާއިން މަޢުލޫމާތުދެއެވެ. މިކަމާގުޅޭ ގޮތުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންދަނީ ކާނިވާ ސަރަހައްދަށް ޒިޔާރަތްކޮށްއުދައެރުން މޮނިޓަރ ކުރަމުންނެވެ. އުދައެރި ސަރަހައްދަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިގް އިބްރާހިމް ވަނީ ޒިޔާރަތްކުރައްވާ އެސަރަހައްދުގެ ކަންކަން ބައްލަވާލައްވާފައެވެ.