ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި


އަންނަމަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި ނިއުރޭޑިއަންޓާއި ބީޖީ ސްޕޯޓްސް ކްލަބް އަދި މަޒިޔާއާއި ކްލަބް ވެލެންސިޔާ ބައްދަލުކުރަން ޖެހިއްޖެއެވެ. ބީޖީ ސްޕޯޓްސް އާއި ނިއުގެ މެޗް ކުޅޭނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. މާޒިޔާއާއި ވެލެންސިޔާ މެޗް ކުޅޭނީ އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައެވެ.ހދ.ކުޅުދުއްފުށްޓާއި އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން އޮތީ މިރޭ އެފްއޭއެމް ހައުސްގައެވެ. ހދ.ކުޅުދުށްފުށީގައި ކުޅޭނީ ގްރޫޕް އެކެއްގެ މެޗްތަކެެވެ. ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ބީޖީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ގްރޫޕް ދޭއްގެ މެޗްތައް ކުޅޭނީ އައްޑޫ ޒޯން ސްޓޭޑިއަމްގައެވެ. އެގްެރޫޕްގައި ހިމެނޭ ޓީމްތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިޔާއާއި، ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސްއެވެ.މިމުބާރާތުގެ ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައެވެ. ސެމީފައިނަލް ދެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 25 އަދި 26ގައެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 29ވަނަ ދުވަހުއެވެ.