ޚަބަރު

މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ 9 މީހުން


ރާއްޖެއިން އިތުރު 9 މީހަކު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މމިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 7 ދިވެހިންނާއި، ބަނގުލަދޭޝް ދެ މީހުންނެވެ.

މިއާއިއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ، 1850އަށް އަރާފައެވެ. މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެެއިން 644 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 7 މީހުން ވަނީ މަރުވެފައެވެ.

މީގެތެރެއިން ފަރުވާދެމުން ގެންދަނީ 1197 މީހުންނަށެވެ. އޭގެތެރެއިން 13 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ގެންދަނީ އައިސީޔޫގައި ކަމަށް ނެޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް 1248 މީހުން އައިސޮލޭޓްކޮށްފައި ވެއެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި، 1484 މީހުން އެބަތިއްބެވެ.

މިހާތަނަށް ރާއްޖޭގައި 27329 ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކޮށްފައިވެއެވެ.