ޚަބަރު

މާލީ ބިލްތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރަށް ކަމަށް ކަނޑައެޅުން


މާލީ ކަންކަމާއި ގުޅުންހުރި ބިލްތައް ރައްޔިތުންގެ
މަޖިލީހަށް ހުށައެޅޭނީ ސަރުކާާރުގެ ފަރާތުންކަމަށް ކަނޑައަޅާ މަޖިލީހުގެ
ގަވާއިދަށް ހުށައެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ. މިއިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ
އަޣްލަބިއްޔަތުންނެވެ. ޕީޕީއެމްގެ
ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި
އެއިސްލާހުގައި ބުނެފައިވަނީ  ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް
ހުށަހަޅާ ބިލުތަކާއ،ި ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ޚަރަދު ކުރުމަށް ނުވަތަ އުނި
ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނީ ސަރުކާރުންކަމަށެވެ. މިއިސްލާހު
މިއަދު ފާސްވުމާއި އެކު ސަރުކާރުން ހުށައަޅަފައިވާ ބިލްތައް ފިޔަވާ، މާލީ
ކަންކަމަށް ޚަރަދުކުރުމަށް ހުށައަޅަފައިވާ ބިލްތަކާމެދު ވަގިގޮތެއް ނިންމާފައިނުވާ
ބިލްތައް ބާތިލު ވެގެންދާނެއެވެ.