ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން ވިލިމާލެ ފަރަށް ގެއްލުންވާ މައްސަލަ ބެލުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިސްވެރިން މަޖލީހުގެ ކޮމެޓީއަށް ހާޒިރުންކުރަން ނިންމައިފިއެވެ.
މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން ވިލިމާލެ ފަރަށް ގެއްލުންވެ އެ ސަރަހައްދުގައި ހިމެނޭ 30 ޑައިވް ސައިޓެއް ހަލާކުވެދިޔުމުގެ ބިރުއެބަ އޮތްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ޑައިވް ސްޕޮޓް ހާންސް ހާސް ޕްލޭސްވެސް ހިމެނެނީ މި ސަރަހައްދުގައެވެ.
ރައްޔިތުން މަޖިލީހުން ވިދާޅުވވީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން އެ މައްސަލަ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބަލަން ނިންމާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯއްދެވުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް މަޖިލީހުން ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުން މަޖިލީހުން ވިދާޅުވީ ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން ވިލިމާލެ ފަރަށް ގެއްލުންވާ މައްސަލަ ބެލުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިސްވެރިން އަންނަ ހޮނިހިރު ދުވަހު ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވާކަމަށެވެ. މީގެއިތުރުން މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓަންޓްވެސް ކޮމިޓީއަށް ހާޒިރުކުރުމަށްވަނީ ނިންމާފައެވެ.
ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެފައެވެ. އަދި ގުޅިފަޅުގެ މަޝްރޫއުގެ ސަބަބުން ވިލިމާލެ ފަރަށް މާ ބަޑު އަސަރެއް އަދިކޮށްފައިނުވާކަމަށްވެސް އީޕީއޭއިން ވަނީ ވިދާޅުވެފައެވެ.