ޚަބަރު

ނައިބުރައީސް މޯލްޓާގެ ކުރީގެ ބޮޑުވަޒީރާބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މޯލްޓާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ ލޯރަންސް ގޮންޒީއާ ބައްދަލު ކުރައްވައިފިއެވެ.މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބުރައީސްގެ މިދަތުރުފުޅުގައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސިޓީފުޅެއް މޯލްޓާގެ ރައީސަށް އަރުވާފައިވެއެވެ. މޯލްޓާއަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނުވަނީ މިސްރަށް ވަޑައިގެން ދެވަނަ ސުއޭޒް ކެނެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ