ޚަބަރު

ކަރެކްޝަނަށް ފޮނުވާ ލިޔުންތައް މެއިލްކުރުމަށް އެދިއްޖެ


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެދޭ ބައެއް ހިދުމަތްތަކަށް އެދުމުގައި ފޮނުވަން ޖެހޭ ލިޔެކިއުންތައް އެ އިދާރާއަށް މެއިލްކުރުމަށް އެދިއްޖެ އެވެ.

ކަރެކްޝަނުން މިއަދު އާއްމުކުރި އިއުލާނެއްގައި ވަނީ އޮފީސްތައް އާއްމުކޮށް ހުޅުވެންދެން މެއިލްމެދުވެރިކޮށް ހުށައަޅަން ޖެހޭ ލިޔުންތައް އާއްމުކޮށްފައެވެ. އެގޮތުން ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށައަޅާ ފޯމާއި އާއްމު ފަރާތްތަކުން ފޮނުވާ ސިޓީ އެ އިދާރާގެ [email protected] މެއިލް ކުރުމަށްވަނީ އެދިފައެވެ. އަދި އެ އިދާރާއަށް ފޮނުވަން ޖެހޭ ބިލްތަކާއި ކޯޓޭޝަންތަކާއި އެފަދަ ލިޔުންތައް ވެސް މި މުއްދަތުގެ ތެރޭގައި [email protected] މެއިލް ކުރުމަށްވަނީ އެދިފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސާފުކުރަން ޖެހޭ މައުލޫމާތެއްވާނަމަ ކޮންމެ ދުވަހެއްގެ ހެނދުނު 10.00 ފެށިގެން 14.00 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް 19 އާ ގުޅިގެން ދައުލަތުގެ ގިނަ އިދާރާތަކުން ޚިދުމަތް ދެމުން އަންނަނީ އޮންލައިންކޮށެވެ. އެހެން ނަމަވެސް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތަކަށް މިއަދުން ފެށިގެން ޖޫން 11 ވަނަ ދުވަހު ގެ ނިޔަލަށް، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.