ޚަބަރު

ކޯވިޑް-19 : އިތުރު ބަޔަކު ޕޮޒިޓިވްވެ ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1672 އަރައިފި


އިތުރު ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 1672 އިތުރުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިދިޔަ 24 ގަޑިއރުގެ ތެރޭގައި 1155 ސާމްޕަލް ނަގާފައި ވާކަމަށެވެ. އަދި 800 އަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ މިއަދު ލިބިފައިވާއިރު، 81 ޕޮޒިޓިވް ކޭސް ފާހަގަކުރެވިފައި ވާކަމަށެވެ.

ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖެއިން ކޯވިޑް 19 ފެނުނުތާ މިއަދަށް 84 ދުވަސްވެފައި ވާއިރު މިބަލި ޖެހުންގެ 1264 މީހުނންނަށް ދަނީ ފަރުވާދެމުންނެވެ.
މިހާތަނަށް ފަރުވާދެވި މިބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 401 އަށްއަރާފައެވެ.

އެންމެގިނައިން ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ ޒުވާން އުމުރުފުރާގެ މީހުންނެވެ. ރާއްޖެއިން ފެންނަ ކޭސްތަކަށް ބަލާއިރު އަލާމާތްތައް ނުފެންނަ ކޭސްތައްވެސް ނިސްބަތުން ގިނަކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

ކޯވިޑް19 ގެ ހާލަތު ރާއްޖޭގައި ރަނަގަޅުވަމުންދާތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް މިހާރު ވަނީ ލުއިތަކެއްދީފައެވެ.