ޢުމުރުން ދުވަސްވީ ތިން އަންހެނަކަށް ޖިންސީ އަނިޔާ ކުރަންއުޅުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ހެނދުނު އައްޑޫސިޓީ މީދޫގައި ޢުމުރުން 64 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ކުރަންއުޅުމުގެ މައްސަލައެއް ފުލުހުނނަށް ހުށައެޅުމާއެކު އެ މައްސަލަ ބެލިބެލުމުން އެ ޢަމަލު ހިންގި މީހާ ޢުމުރުން ދުވަސްވީ އިތުރު ދެމީހުންނަށްވެސް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށެވެ. އެގޮތުން ފަހުން ޖިންސީ އަނިޔާކުރަން އުޅޭފައިވަނީ ޢުމުރުން 65 އަހަރުގެ އަންހެނަކަށާއި ޢުމުން 66 އަހަރުގެ އަނހެނަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން 30 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށާ، މި މައްސަލަ ތަޙްޤީޤްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.