ކުޅިވަރު

މެމްބަރު ނިހާންގެ 1 މަހުގެ މުސާރަ ޙަސަން ސާއިދަށް ހަދިޔާކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތްލެޓިކްސްއިން ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ޙަސަން ސާއިދަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކުގެ އެއްމަހުގެ މުސާރަ ހަދިޔާކޮށްފިއެވެ.ނިހާންގެ އެއްމަހުގެ މުސާރަ ރަސްމީކޮށް ހަދިޔާ ކުރުން އޮތީ މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނިހާންވަނީ 42،500 ރުފިޔާ ސާއިދަށް ހަދިޔާކޮށްފައެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި މެމްބަރު ނިހާން ވިދާޅުވީ މިފަދަ އެތްލީޓުންކުރާ ބުރަ މަސައްކަތުގެ އަގު މިއަދު ވަޒަންކުރަންޖެހޭ ކަމަށެވެ. ޤައުމަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގު މިކަހަލަ ގޮތަކަށް ފާހަގަކުރުމުން މީ ކިހާ މުހިންމު ކަމެއްކަން އަންނަ އޮތް ޖީލްތަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެކަމަށެވެ. އަދި ހިތްވަރާއެކު އެތްލީޓުން އިތުރަށް މަސައްކަތް ކުރާނެކަމަށެވެ." ހަމަ ޔަޤީނުންވެސް އަޅުގަނޑަށް އެރޭ މިވިސްނުންއައި. އަދި މިވިސްނުމުގައި ބައިވެރިވެ ވަޑައިގެން ދެއްވީތީ ކުޅިވަރަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާ ބޭފުޅެއް ކަމަށްވާ ޢަލީ ސުޒޭނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންވީ ދައުލަތަކުން ނުވަތަ ސަރުކާރަކުން ދެއްވާނެ އެއްޗަކަށްނޫން. މީގަ މުހިންމީކީ ފައިސާގެ އިނާމެއްވެސް ނޫން. ކުޑަނަމަވެސް މިޤައުމުގެ ނިސްބަތުން މިޤައުމުގެ ދުވުންތެރިއަކު ހޯދި އެ މުހިންމު ކުރިއެރުން ފާހަގަކުރަން ޖެހޭނެ ގޭބީސީގެ ތާރީޚަށްޓަކައި. އަޅުގަނޑާއި އަޅުގަނޑުގެ ދަރިންގެ ދަރިންނަށް ދާންދެން އެހަނދާންކުރަންޖެހޭ. " މިބައްދަލުވުމުގައި ނިހާން ވިދާޅުވިއެވެ. ނިހާން އިތުރަށް ވިދާޅުވީ " މިކަމެއް ހިނގައިދިޔަ ގަޑީގައި އަޅުގަނޑުގެ ހަމައެކަނި ހުރި 15 އަހަރުގެ ފިރިހެން ދަރިފުޅު އަޅުގަނޑު ކައިރީގައިހުރި. އަޅުގަނޑު ހަމައެކަނި ބޭނުންވީ އެއްކަމެއްގެ ގޮތުގައި އޭނައަށް ދައްކަން ޤައުމަށް ރަން މެޑައްޔެއް ލިބުމަކީ ކިހާ ޝަރަފްވެރި، ކިހާ މުހިންމު ކަމެއްކަން. އެހެންވީމަ އޭނާއަށް ބޭނުން އެއްޗެއް މިވަގުތު ހޯދަން ޖެހުނަސް ނުޖެހުނަސް އަޅުގަނޑަށް މުހިންމުވީ އޭނައަށް ދައްކަން ނުވަތަ އޭނަގެ ދަރިންނާ ހަމަޔަށް ނުވަތަ އޭނަގެ ކާފަގެ ދަރިންނާ ހަމަޔަށް މިކަން ގެންދާނެ ދުވަހެއް ފެނުން. މުހިންމީކީ މިއަދު ސާއިދު ހޯދި އެމެޑައްޔެއްވެސް ނޫން. މުޅިޤައުމުގެ ނިސްބަތުން ޝަރަފެއްކަމަށް މިކަން ވެގެން ދިއުން. " މި ބައްދަލުވުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤް ވިދާޅުވީ އެމްޕީ ނިހާން މިއަދު ކުރެއްވީ ފާހަގަކުރަންޖެހޭ ނަމޫނާ ކަމެއް ކަމެއްކަމަށް. ހަމައެހެންމެ ދާއިމީ ގޮތަކަށް މިފަދަ ކޮންމެ ވަގުތެއްގައި އެ އެތްލީޓުންގެ އަގު ވަޒަންކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަޖައްސަން އެބަޖެހޭކަމަށް. ދިވެހި ސަރުކާރުންވެސް ދާއިމީކޮށް އެކަން ކުރަން ނިންމެވި ނިންމެވުމަކީ މިކަމުގައި ކުރިޔަށްދާން ތިބި އެތްލީޓުންނަށް ލިބުނު އިތުރު ހިތްވަރެއްކަމަށް މަރުޒޫޤް ވިދާޅުވި." ރާއްޖެއަށް ރީތިނަމެއް ހޯދައިދިން އެތްލީޓަކަށް މަޖިލިސް މެމްބަރެއްގެ އެއްމަހުގެ މުސާރަ ހަދިޔާކުރުން އެއީ ވަރަށް ރަނގަޅުކަމެއް. އިއްޔެ ދިވެހި ސަރުކާރުންވަނީ ޕޮލިސީއެއް ކަނޑައަޅާފަ. ދެލައްކަ ފަންސާސްހާސް ރުފިޔާ ރަންމެޑަލަކަށް ދޭނެކަމަށް. އެއީ ވަރަށްބޮޑު ހިތްވަރެއް ކުދިންނަށް ލިބިގެންދިޔަ. އަދި މެމްބަރު ނިހާންގެ ކިބައި މިއަދު އަޅުގަނޑު އެދުނު އެދުމެއް އެއީ، ދާއިމީ ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއެް ހޯދައިދިނުމަށް. ކޮންމެ ފަހަރަކު މެޑައްޔެއް ހޯދައިގެން އައުމުން ކޮންމެސް އެކެއްގެ މުސާރަ ދިނުމުގެ ބަދަލްގައި ހަރުދަނާ ކޮންމެސް އުސޫލެއް ހަމަޖައްސައިދެއްވުމަށް. އެކަމަށް މެމްބަރު ނިހާންވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ. ޓީވީއެމް ސްޕޯޓްސްއާ ވާހަކަދައްކަވަމުން މަރުޒޫޤު ވިދާޅުވިއެވެ. "ރަންމެޑަލާއި ރިހިމެޑަލް ހޯދި ހަސަން ސާއިދަށް ދިވެހި ސަރުކާރުންވެސްވަނީ ތިންލައްކަ ފަންސާސްހާސްރުފިޔާ ދީފައެވެ. ސާއިދު ރަންމެޑަލް ހޯދީ ސަތޭކަ މީޓަރ ދުވުމުން އެއެްވަނަ ހޯދައިގެންނެވެ.