ސިޔާސީ

އެޗްއާރުސީއެމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރުހުންދީފި


ހިއުމަން
ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ
މެމްބަރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު
ރުހުން ދީފިއެވެ. އެ ތިން ބޭފުޅުންނަކީ، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު
ޝިފާގު މުފީދާއި، މ. ކޮރަލްގާރޑަންސް އައިޝަތު އަފުރީން މުހައްމަދުގެ އިތުރުން ހ.
ހަބަރުގެ އައިމިނަތު އީނާސްއެވެ. އެޗްއާރުސީއެމަށް އައްޔަންކުރެއްވުމަށް
މިތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އެކޮމިޝަންގެ މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މަޤާމުގެ
މުއްދަތު މިމަހުގެ ސަތާރާގެ ނިޔަލަށް ހަމަވާތީއެވެ. އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ
ތެރެއިން ދައުރު ހަމަވަނީ އެކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ އަހުމަދާއި، އެ ކޮމިޝަންގެ ނާއިބު
ރައީސް އަހުމަދު ތޮލާލާއި، އެ ކޮމިޝަންގެ މެންބަރު ޖީހާން  މަހުމޫދު. ހިއުމަން
ރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުސަތުގައި ތެއްތިރީސް
ބޭފުޅަކު ކުރިމަތިލެއްވިއެވެ.