ޚަބަރު

ރާއްޖެ - ސްރީ ލަންކާ : ރާޖަޕަކްސައަކީ 2 ޤައުމުގެ ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބަޠަލެއް - ރައީސް


ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސެ އަކީ ދިވެހި ރާއްޖެއާ ސްރީލަންކާއާ ދެމެދުއޮތް ގާތް ރަހުމަތްތެރިގުޅުން ބަދަހިކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ވަރުގަދަ ބަތަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެެ.

ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސެ އެޤައުމުގެ ޤާނޫނު ހަދާމަޖިލީހުގައި ޚިދުމަތްކުރައްވާތާ 50 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު، އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އެކަމަށްޓަކައި ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސެއަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ކުރެއްވީ ޓްވީޓުގައިވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ސްރީލަންކާގެ އިސް މަޤާމުތަކުގައި ހުންނަވައިގެން މަހިންދަ ރާޖަ ޕަކްސެވަނީ ރާއްޖެއާ އެޤައުމާދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާއިކަމަށެވެ.

މަހިންދަ ރާޖަ ޕަކްސެ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފުރަތަމަ އިންތިޚާބުވީ 1970 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ސްރީލަންގެ އެކި މިނިސްޓްރީތަކުގެ ވަޒީރުކަމާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުކަން ކުރައްވާފައެވެ. ރާޖަ ޕަކްސެ އަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރެވެ. މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން އެޤައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އަދި 2005 އިން 2015 އަށް ސްރީލަންކާގެ ރައިސްކަންވެސް މަހިންދަ ރާޖަ ޕަކްސެ ވަނީ ކުރައްވާފައެވެ.

ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި މަހިންދަ ރާޖަ ޕަކްސެ ވަނީ އެކި މަޤާމުތަކުގައި ހުންނަވައިގެން ރާއްޖެއަށް އެކިފަހަރުމަތިން ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މީގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުންވަނީ އެތައްގޮތަކުން ބަދަހިވެފައެވެ.