ކުޅިވަރު

ކާމިޔާބީ މިނާނީ ފައިސާއަކުން ނޫން - ޒުހޫރު


މުބާރާތްތަކުގެ ކާމިޔާބީ
މިނާނީ އެކަމަށް ކުރާ ހަރަދުން ނޫންކަމަށް ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ. 

އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް ނިންމާ،
މޯލްޑިވިއަންސްގައި ރާއްޖެއާއި ފުލައިޓް މަތީގައި ނޫސްވެރިންނާ ވާހަކަދައްކަމުން
ޒުހޫރު ވިދާޅުވީ ސަރުކާރުން އަބަދުވެސް މުބާރާތްތަކަށް ހަރަދުކުރާނެކަމަށާ
އެހެންނަމަވެސް ސަރުކާރުން އެކުރާ ހަރަދާއެއްވަރުގެ ކާމިޔާބީއެއް ކޮންމެ
މުބާރާތެއްގައި ނުލިބިދާނެކަމަށެވެ. ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްއަށް ސަރުކާރުން ބާރަ މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، މިފަހަރުގެ
ގޭމްސްގައި ރާއްޖެއަށް އަށް މެޑަލް ލިބުމަކީވެސް ކުރިއެރުމެއްކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. ގޭމްސްތަކުގައި ވާދަކޮށްގެން އެލިބޭ ކުރިއެރުމާ ތަޖްރިބާއަކީ
ދުވަހަކުވެސް ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަމަށާ ހާއްސަކޮށް
ކުރިއެރުމާކާމިޔާބީ ލިބޭނީ ވިހާވެސް ގިނައިން މުބާރާތްތަކުގައި
ވާދަކޮށްގެންކަމަށްވެސް ޔޫތް މިނިސްޓާރ އަހުމަދު ޒުހޫރު ވިދާޅުވިއެވެ.

" އަބަދުވެސް ސަރުކާރުން ކުޅިވަރުތަކަށް ހަރަދުކުރާންނަން، ސަރުކާރުން ހަރަދު ކުރާނީ އެކުޅިވަރަކުން ހޯދާ ކާމިޔާބީއަށް ވިސްނާފައެއްނޫން އަދި އެމުބާރާތަކުން ހޯދާ މެޑަލްއަކަށް ބަލާފައެއްވެސް ނޫން. މުބާރާތްކުގައި ހޯދާ ކާމިޔާބީއަށް ވުރެއްް ބޮޑަށް މުބާރާތްތަކުގައި ވާދަކޮށްގެން އެހޯދާ ތަޖްރިބާ މާ މޮޅުވާނެ. ވީހާވެސް ގިނަ މުބާރާތަކުގައި ވާދަކުރި ވަރަކަށް، ކާމިޔާބީއާ ހަމައަށް ދިއުމަށް މަގުފަހިވާނެ" މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ. 

މިނިސްޓާރ އިތުރަށް ވިދާޅުވީ
ސަރުކާރުން ކުރިއަށް އޮތްތާގައި އަދިވެސް މުބާރާތްތަކަށް ހަރަދުކުރާނީ
އެމުބާރާތެއްގައި ލިބޭނެ ކާމިޔާބީއަށް ބަލައިގެން ނޫންކަމަށެވެ. އަދި ވިހާވެސްގިނަ
ޒުވާނުންނަށް ފުރުސަތު ހޯދާދިނުމަކީވެސް މިސަރުކާރުގެ އަމާޒެއްކަމަށްވެސް ޔޫތް
މިނިސްޓާރ އަހުމަދު ޒުހޫރު ވިދާޅުވިއެވެ.