ކުޅިވަރު

އައިއޯއައިޖީއަށް ދިޔަ ކޮންޓިންޖެންޓް މާލެ އަތުވެއްޖެ


އައިއޯއައިޖީގައި ވާދަކުރި ދިވެހި ކޮންޓިންޖެންޓު މާލެ އައުމުން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް ރީޔޫނިއަންއަށް ދިޔަ ކޮންޓިންޖެންޓް މިއަދު މެންދުރު މާލެ އައިއިރު ޓީމަށްވަނީ ރަތްދޫލައިން މަރުޚަބާ
ކިޔާފައެވެ. މިފަހަރުގެ ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުންވަނީ 8 މެޑަލް
ހޯދާފައެވެ. އެއީ އެއް ރަން މެޑައްޔާއި، ދެ ރިހި މެޑައްޔާއި ފަސް ލޯ މެޑައްޔެވެ. ގޭމްސްގައި ރަން މެޑަލް ހޯދި އެތްލީޓަކީ ހަސަން ސާއިދެވެ. އޭނާ ވަނީ ރިހި
މެޑައްޔެއްވެސް ހޯދާފައެވެ. 

ދިވެހި ކޮންޓިންޖެންޓުން ރިހި މެޑަލް ހޯދީ ދިވެހި
ފިރިހެން ބެޑްމިންޓަން ޓީމެވެ. ފިރިހެން ސިންގަލްސްއިން އަޖުފާން ލޯ މެޑަލް
ހޯދިއިރު، ބެޑްމިންޓަން އަންހެން ޓީމްވެސްވަނީ ލޯ މެޑަލް ހޯދާފައެވެ. އަންހެން ޓީޓީ ޓީމް
ލޯ މެޑަލް ހޯދިއިރު، އަންހެން ޑަބަލްސް އިވެންޓުން މުއީނާ އަދި ޝިއުރާގެ ޕެއަރވަނީ
ލޯމެޑަލް ހޯދާފައެވެ. ދިވެހި ކޮންޓިންޖެންޓުން ލޯ މެޑަލް ހޯދި ފަހު އެތްލީޓަކީ އެތްލެޓިކްސްއިން 10ހާސް މީޓަރ ދުވުމުގައި ބައިވެރިވި ޝަމްހާއެވެ. އޭނާ ލޯ މެޑަލް ހޯދީ 10ހާސް މީޓަރ ދުވުމުގައި ގައުމީ ރެކޯޑަކަކާއެކުއެވެ.