ޚަބަރު

ބުރުމާ ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި


ބުރުމާ ވަގަށް ނަގަމުންދިޔަ މީހަކު ހޯދާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ޒުވާނެއްކަމަށެވެ. މި މަހާއި މިދިޔަ މަހުގެ އެކި ދުވަސްމަތިން ރ ދުވާފަރުން ބުރުމާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އެ އިދާރާއަށް އާޢްމު ފަރާތަކުން އިއްޔެ ހުށައަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ހުށައެޅިތާ 6 ގަޑިއިރު ތެރޭ ބުރުމާތައް ހޯދާ މައްސަލާގައި ތުހުމަތުކުރެވޭ ދިވެހި ފިރިހަނަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން އިދާރާއިން ވިދާޅުވެއެވެ.

މި މައްސަލާގައި މި މިހާ ވަގަށް ނަގާފައިވަނީ ކިތައް ބުރުމާކަމެއް އަދި އެތަކެތި ވަގަށް ނަގާފައިވަނީ ކޮންތަނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ