ސިޔާސީ

އިމްރާންގެ މައްސަލަ އަވަސްކޮށްދެއްވުމަށް ޕީޖީ އެދިވަޑައިގެންފި


އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކުރިމިނަލްކޯޓްގައި އެދިވަޑައިގެންފިއެވެ.ޕީޖީ މުހްތާޒް މުހުސިން މިގޮތަށް އެދިވަޑައިގެންފައިވަނީ މިއަދު ކުރިމިނަލްކޯޓަށް ފޮނުއްވި ސިޓީފުޅެއްގައެވެ. ޕީޖީގެ ސިޓީފުޅުގައި އިމްރާންގެ މައްސަލަ އަވަސްކޮށްދެއްވުމަށާއި އެކަމުގައި ޕީޖީގެ އޮފީހުން ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަށްދެއްވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.އިމްރާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލައިގައި މިހާތަނަށް ބާއްވާފައިވަނީ އެންމެ އަޑުއެހުމެކެވެ.ޖޫންމަހުގެ 20 ވަނަދުވަހު ފެށި ޝަރީއަތް  ހުއްޓުމަކަށް އައިސްފައިވަނީ އެ މައްސަލަ ބެއްލެމަށް އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ހައިކޯޓަށް ބަދަލްކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް މިހާތަނަށް ބާއްވާފައިނުވާއިރު  ބެންޗުވެސް އަލުން އެކުލަވާލާފައެއް ނުވެއެވެ.އިމްރާންގެ މައްޗަށް ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުލާފައިވަނީ އިދިކޮޅު ފަރާތަކުން މޭމެހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ފަރަތާކަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ވާހަކަ ދެއްކިކަމުގެ ތުހުމަތުގައެވެ.