ޚަބަރު

ޕާކިސްތާނުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓިއްޖެ


ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓެއް ކާރާޗީއަށް ވެއްޓިއްޖެއެވެ. އެ މަތިންދާބޯޓުން ދަތުރުކުރީ 99 ފަސިންޖަރުންނާއި 8 ކްރޫއިންނެވެ. އެ މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ލާހޫރުން ކަރާޗީގެ ޖިނާޙް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މަތިންދާބޯޓް ވެއްޓިފައިވަނީ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން މިހާރުދަނީ އެ ސަރަހައްދުގައި ޙަރަކާތްތެރިވަމުންނެވެ. އެ ޙާދިސާގައި ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕާކިސްތާނުގައި މަތިންދާބޯޓު ވެއްޓުމުގެ ޙާދިސާތައްވަނީ ވަރަށް ގިނައިން ހިނގާފައެވެ. އެގޮތުން 2010ވަނަ އަހަރު އިސްލާމްއާބާދަށް މަތިންދާބޯޓެއް ވެއްޓި 152 މީހުންވަނީ މަރުވެފައެވެ. މިއީ ޕާކިސްތާނުގެ ތާރިޚުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ޙާދިސާއެވެ.