ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި


އިލެކްޝަންސް
ކޮމިޝަނުން މިހާރު ބޭނުންކުރަމުންދާ ލޯގޯގެ ބަދަލުގައި އާ ލޯގޯއެއް ފަރުމާކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު
ހުޅުވާލައިފިއެވެ.



އިލެކްޝަންސް
ކޮމިޝަނުން ވަނީ އެކޮމިޝަނުގެ އާ ލޯގޯ ފަރުމާކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި
އޮގަސްޓްމަހުގެ 31ގެ ނިޔަލަށް ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ
ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެކަމަށެވެ.

ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރ
މަހުގެ ތެރޭގައި ފާހަގަކުރުމަށް ނިންމާފައިވާ ޑިމޮކްރަސީ ވީކްގެ
ތެރޭގައިކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.



މީގެ އިތުރުން ރާއްޖޭގައި
ފުރަތަމަ ފަހަރަށް ވޯޓްލާ މީހުންގެ ދުވަހެއް ފާހާގަކުރުމަށްވެސް އިލެކްޝަންސް
ކޮމިޝަނުން ވަނީ ނިންމާފައެވެ. ވޯޓްލާމީހުންގެ ދުވަހެއް ސާކުގެ ޤައުމުތަކުގައި ފާހަގަކުރުމަކީ، ސާކް ގައުމުތަކުގެ
އިލެކްޝަންސް ބޮޑީޒްގެ މެދުގައިވެފައިވާ އެއްބަސްވުމުން ލާޒިމް ކުރާ ކަމެކެވެ.