ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު 90އަށްވުރެ މައްޗަށްއަރައިފިއެވެ.
އެޗްޕީއޭއިން ކޯވިޑް-19 ގެ ތާފާސްހިސާބު އާންމުކުރާ ޑޭޝްބޯޑުގައިވާގޮތުން މިރޭ ބޭއްވި އެންއީއޯސީންގެ ޕްރެންސް ކޮންފަރެންސްގައި މިއަދު ރާއްޖެއިން ރަނގަޅުވިކަމަށް ހާމަކުރި 12 މީހުންގެ އިތުރުން މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އިތުރު 5 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
މިރޭގެ 10:00 ޖެހުމާ ހަމައަށް ރަނގަޅުވި 12 މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ 10މީހަކާއި 2 ދިވެހިންކަމަށް އެންއީއޯސީން ވިދާޅުވިއެވެ. ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ރާއްޖޭގައި މިބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި މިހާތަނަށް 1143 އަރާފައިވާއިރު ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން އިތުރުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކުރައްވާފައެވެ.
ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.