ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ


މާލެއަށް ބޯކޯށް ވާރޭވެވެހި ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު ހަވީރު 5 ޖެހީއްސުރެ މަލެއަށް ގަދަ ވަޔާ އެކު ހުއްޓާ ނުލާ ވާރެވެހުމުގެ ސަބަބުން ވަނީ ބައެއް މަގުތަކުގައި ފެންބޮޑުވެފައެވެ. އަދި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ ކުރަމުންނވެ. މިގޮތުން މިރޭ 18:36 ހާއިރު އެސްޓީއޯ ފުށް ގުދަން ސަރަޙައްދުގައި ފެންބޮޑުވުމާ ގުޅިގެން ޕަމްޕް ބަހައްޓައިގެން ފެން ހިންފުމުގެ މަސައްކަތް ކުރަމުންދާކަަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިހާރު ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކަނީ ވެސްޓް ޕާކް ކައިރިއާއި އައިޖީއެމްއެޗް އަދި ދުވާ ޓްރެކް ސަރަޙާއްދުކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ސަރަޙައްދުތަކަކީ އާއްމު ގޮތެއްގައިވެސް މާލެއަށް ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވާ ސަރަޙައްދުތަކެކެވެ.

މި ދުވަސްވަރު ހުޅަނދު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އަތޮޅުތަކުގެ ރަށްތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އަދި މާލެގެ އެކި ސަރަޙައްދުތަކުގައި ހުރި ބޮޑެތި ގަސްތައްވެއްޓި އެކި ތަންތަނަށްވެސް ވަނީ ގެއްލުން ވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުމާހޭ ޤައުމީ އިދާރާއިން ވަނީ ހއ.އިން ރ، އަތޮޅުގެ ރަށްތަކާހަމައަށް "ޔެލޯ އެލަރޓް" ނެރެފައެވެ. މިގޮތުން މި ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާ ގަޑިއަކު، 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދވާނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.