ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރޕްލޭންއެއް ތައްޔާރުކުރުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި އިންޑިއާގެ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހަޔަރ އެޑިއުކެޝަން މިނިސްޓްރީއާއި އިންޑިޔާގެ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިއެކު ވެފައިވާ މި އެއްބަސްވުމަކީ މިއަހަރުގެ 3 ވަނަ ކުއާޓާއަށް ދާއިރު 5 އަހަރު ދުވަހަށް ޕްލޭންކުރެވިގެން ހެދޭ މާސްޓާ ޕްލޭނެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރު ކުރެވިގެންދާނީ ދިވެހި ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާއި، 2019-2023 ހާސިލުކުރުމާށް ކަނޑައްޅާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ލަނޑުދަނޑިތަކާއި ޕޮލިސީތަކާއި އެއްގޮތައްކަމަށެވެ. މި ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ވަރލްޑް ބޭންކާއިއެކު ހިންގާ މީރީ ޕްރޮޖެކްޓްގެ ތެރެއިންންކަމަށް ހަމަޔަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްރޮޖެކްޓް ކުރިއަށްދާނީ ސްޓިއަރިންގް ކޮމިޓީއެއް އެކުލަވާލެވި މި ކޮމިޓީގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށާއި، އިންޑިއާގެ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ޓިވެޓް އޮތޯރިޓީއާއި އެކުގައިކަމަށްވެސް ހަޔައެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މާސްޓަރޕްލޭން ތައްޔާރުކުރެވިގެންދާއިރު އެކި ދާއިރާތަކުގެ ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއިއެކުގައިވެސް މަޝްވަރާކުރެވިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޮންސަލްޓަންސީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކުރެވޭނީ ސްކިލް ސެކްޓާތައް އެނަލައިޒް ކުރުމަށާއި ރިސާޗްކުރުމަށެވެ. އަދި ދެވަނަ ފިޔަވަހީގައި މާސްޓަރ ޕްލޭން ތައްޔާރުކުރުމާއި ސްޓްރެޓެޖީތައް އެކަށައެޅުމުގެ މަސައްކަތްތައް ކުރާނެކަމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ހުނަރުވެރި، މަސައްކަތުގެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާ ކުރުމަށް ދިވެހި ސަރުކާރުގެ އިސް ނެންގެވުމާއިއެކު ކުރެވިގެންދާ މި މަސައްކަތަކީ ދިވެހިރާއްޖޭގެ އިޤްތިސާދު ހިންގުމުގައި ޒުވާނުންގެ ހަކަތަ އިތުރުކުރެވި ވަޒީފާގެ ބާޒާރުގައާއި ވިޔަފާރި ކޮށްގެން ނަފާ ހޯދުމަށް ދިވެހި ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮޖެކްޓެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.