ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1090 އަށް އަރައިފިއެވެ.
އެޗްޕީއޭއިން މިރޭ ވަނީ 2 ފަހަރެއްގެ މަތިން ޕޮޒިޓިވް ކޭސްތައް ހާމަކޮށްފައެވެ. އެގޮތުން މިރޭ 8:30 ފެށިގެން މިހާތަނަށް 5 ދިވެއްސަކާއި، ބަންގްލަދޭޝް ފަސްމީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާ މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވި ބިދޭސީންގެ އަދަދުމިވަނީ 706 އިތުރުވެފައެވެ. ދިވެހިންގެ ތެރެއިން ކޯވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 384 މީހުންނެވެ.
އެންއީއޯސީން ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފްރޮންޓްލައިންގައި ޚިދުމަތްދޭ 199 މީހުންވެސް ހިމެނޭކަމަށެވެ.
ރާއްޖެއިން ކޯވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 71 ދުވަސްވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން 1026 މީހުންގެ ތެރެއިން 10 މީހަކަށްދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިހާތަނަށް ރާޢްޖެއިން މި ބަލިން ރަނގަޅުވެފައިވަނީ 59 މީހެކެވެ.