ވިޔަފާރި

ޚިދުމަތްދިނުމަށް ބޭނުންވާ ބައެއް ސާމާނުތަކާއެކު ބީއެމްއެލްގެ ހާއްސަ ޗާޓަރު ފްލައިޓެއް ލ.އަތޮޅަށާއި އައްޑޫއަށް


ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނާށް ބޭނުންވާ ޕީޕީއީ އަދި އެހެނިހެން ސާމާނު ހިފައިގެން ބޭންކުގެ ހާއްސަ ޗާޓަރު ފްލައިޓެއް ލ. އަތޮޅަށާއި އައްޑޫ އަށް ގޮސްފިއެވެ.

ބީއެމްއެލް އިން ވިދާޅުވި ގޮތުގައި، ބޭންކުގެ ލ. ގަމު ބްރާންޗާއި އައްޑޫ ގަން ބްރާންޗުގެ އޭޓީއެމްގައި މައްސަލަ ޖެހިފައި ހުރުމުން އެމައްސަލަ ހައްލު ކުރުމަށް ޓެކްނިޝަނެއް ޗާޓަރު ފްލައިޓު މެދުވެރިކޮށް ގޮސް މިދެއަތޮޅުގައި ހަރާކާތްތެރިވެވަފައިވާ ކަމުގައެވެ.

ބީއެމްއެލް އިން ކުރި ޓްވީޓް

ބީއެމްއެލް އިން މިކަމާއި ގުޅިގެން ކުރި ޓްވީޓުގައި ބުނެފައިވަނީ، ބޭންކުގެ ޗާޓަރު ފްލައިޓުގައި ޓެކްނިޝަންގެ އިތުރުން، ބޭންކަށް ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުންނަށް ޟަރޫރީ ގޮތުން ދޭން ޖެހޭ ޙިދުމަތް ދިނުމަށް ބޭނުންވާ ޕީޕީއީ އާއި، ޕިންތަކާއި ކާޑުތަކުގެ އިތުރުން، އޭޓީއެމް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ގެންގޮސްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭންކުގެ އާންމު ޙިދުމަތްތަށް ގިނަ ޙިދުމަތްތަށް ދިނުން ވަނީ މަޑު ޖައްސާލާފައެވެ. ނަމަވެސް ހަފްތާއަކު ދެދުވަހު ބޭންކުގެ ޟަރޫރީ ހިދުމަތް ދިނުމަށް ހުޅުވާލައެވެ. މީގެ އިތުރުން ހުރިހާ އޭޓީއެމްތަކެއްގައި ސެނިޓައިޒާ ފުޅި ވަނީ ބަހައްޓާފައެވެ.