ޚަބަރު

ބޭއޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ޠޫފާނަކަށް ބަދަލުވަނީ، ސަމާލުވޭ!


ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މިއަދު ހަވީރު ޠޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްރިމާސްކުރައްވައިފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއްފިޔަވައި އެހެން ދަތުރުތައް މަޑުޖައްސާލުމަށް އިލްތިމާސްކުރައްވާފައެވެ.

އެއިދާރާއިން ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މިއަދު ހަވީރު ތޫފާނަކަށް ބަދަލުވެގެންދާނެކަމަށާއި އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް 45 މޭލާއި 50 މޭލާދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއިން ކޯވިޑް-19އާއި ގުޅިގެން ގެނެސްދޭ ކަވަރޭޖްތެރެއިން ވާހަކަދައްކަވަމުން މޫސުމާއިބެހޭ ޤައުމީ ޢިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ފާހަގަކުރެވުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެގެންދިޔަ ވަގުތުތަކެއްގެ ގޮތުގައިކަމަށެވެ. މިއާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވައި ބާރުވުން އެކަށީގެންވާކަން ހާފިޒް ފާހަގަކުރެއްވިއެވެ.

އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވާނެކަމަށް ހާފިޒް ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހުރިހާ ހިސާބެއްގެ ކަނޑުތަށް އާއްމުގޮތެއްގައި ގަދަވާނެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވިއެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވާނެކަމަށް ހާފިޒް ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހުރިހާ ހިސާބެއްގެ ކަނޑުތަށް އާއްމުގޮތެއްގައި ގަދަވާނެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފާހަގަވަނީ ކުރިއަށް އޮތްތަނުގައި ވާރޭ ވެހޭ މިންވަރު މަދުވާނެކަމަށް. އެހެންނަމަވެސް ވައި ބާރުވޭނެ. ވަކިން ޚާއްސަކޮށް ދެކުނުުގެ އަތޮޅުތަކަށާއި، މާލެ ސިޓީ ހިމެނޭ މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ"

ޢަބްދުﷲ ޙާފިޒް ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮރެންޖް ސަމާލު ނެރެފައެވެ. ޢަބްދުﷲ ޙާފިޒް ވިދާޅުވީ، މީގެ ކުރިން މޫސުން ގޯސްވުމުންވެސް މި ސަމާލު ނުނެރުނީ އޭރު ސަމާލު ނެރުމުގައި މި މިންގަނޑު ނެތުމުގެ ސަބަބުންކަމަށެވެ. އެގޮތުން މިއަހަރު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުގެ މިންގަނޑުތަށް ރިވިއުކޮށް ބަދަލު ގެނެސް އޮރެންޖް ސަމާލު އިތުރުކޮށްފައިވާކަން ހާފިޒް ފާހަގަކުރެއްވިއެވެ. އޮރެންޖް އެލަރޓަކީ، މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އެލަރޓެވެ. މި އެލަރޓް އިއްޔެ ނެރެފައިވަނީ ބ އަތޮޅާއި ފ އަތޮޅާއި ދެމެދު އިއްޔެ އާންމުގޮތެއްގައި 30 މޭލަށް ވުރެ ބާރުމިނުގައި ވައިގަދަވާނެކަމަށް ބެލެވުމުންނެވެ.