ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓް ހެކްކޮށް ސަރުކާރަށް އިންޒާރުތަކެއް ދީފިއެވެ. ފުލުހުން ވިދާޅުވީ ޓްއަރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކްކުރި މައްސަލަ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ދާދިފަހުން ވަނީ އެޗްޕީއޭގެ ރަސްމީ ވެބްސައިޓްވެސް ހެކްކޮށް ސަރުކާރަށް އިންޒާރު ދިނުމުގެ މެސެޖްތަކެއް އެ ވެބްސައިޓްގައި ހިމަނާފައެވެ. މީގެއިތުރުން ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން ރާއްޖޭގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންށް އަމާޒުކޮށް ސައިބަރ ޙަމަލާތަކެއް ދެމުންދާކަންވެސް ފުލުހުން މިރޭ ވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ އިސް ސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން މިރޭ ފުޅާ ދާއިރާއެއްގައި ސައިބާ ޙަމަލާތަކެއް ދެމުންދާން ވަނީ ހާމަވެފައެވެ. މިގޮތުން ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖްކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނުކޮށްގެން ފޯނުތައް ހެކްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.