އެތުލެޓިކްސް

ހަތަރެއް ގުނަ 400 މީޓަރު ރިލޭގައިވެސް ޤައުމީ ރެކޯޑް އާކޮށްފި


ޤައުމީ އާ ރެކޯޑަކާއެކު ހަތަރެއް ގުނަ
400 މީޓަރު ރިލޭގައި ރާއްޖޭގެ ޓީމް ފަސްވަނައަށް ރޭސް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ކުރިއަށްދިޔަ ހަތަރެއް ގުނަ 400
މީޓަރު ރިލޭގައި ރާއްޖެ ތަމްޘީލްކޮށް، ވާދަކުރީ ރާއްޖޭގެ އެންމެ ބާރު ދުވުން ތެރިޔާ އަދި
މިމުބާރާތުގައި މިހާރުވެސް ރަން މެޑަލް ހޯދާފައިވާ ހަސަން ސާއިދުއާއި، ހުސެން ރިޒާއާއި، ހުސެއިން އިނާސް އަދި އަހުމަދު ހަސަންއެވެ. މި އެތްލީޓުން ޤައުމީ ރެކޯޑްއާކުރީ  އެންމެ ތިން
ސިކުންތުގެ ތަފާތުން ކުރިއެރުން ހޯދައިގެންނެވެ. އެންމެ ފަހުން މެލޭޝިޔާގައި ކުރިއަށްދިޔަ ޖޮހޯރު އޯޕަން
އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 17:26 ސިކުންތުން ނިންމި ރިލޭ، މިއަދު
ނިންމާފައިވަނީ 14:30 ސިކުންތުންނެވެ.

ރާއްޖޭގެ އެތްލީޓުން ވަނީ މިގޭމްސްގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ޤައުމީ ރެކޯޑްވެސް އާކޮށްފައެވެ.