ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 29 އަރައިފި


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުނގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރުކުރިއަށްގެންދާ ނުސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް19 ޖެހުނު 19 މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާކަމަށެވެ.

ރާއްޖެއިން ޕޮޒިޓިވްވި 785 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 16 ދިވެހިންނާއި، 13 ބިދޭސީންނެވެ.