ވިޔަފާރި

އެޗްޑީސީއަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފި


އެޗްޑީސީން ދޫކޮށްފައިވާ ފްލެޓާއި ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާޢީ ބިންތަކަށް މިއަހަރުގެ އޭޕްރީލް މަހާއި މޭ މަހު ދައްކަންޖެހޭ ކުލީގެ %30 ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓު ކޯރޕަރޭޝަން، އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މެއި މަހުގެ އިންސްޓޯލްމަންޓް ކުލީގެ %30 ފަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން "ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފައިސާ ދެއްކުން ލަސްކުރުމަށް ހުށަހަޅާ ފޯމު އެކޯޕަރޭޝަނުން އެކަމަށް ޚާއްސަކޮށްފައިވާ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މި ފޯމު އެކޯޕަރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މިދުވަސްވަރު ކޯވިޑް-19ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، އާއްމު ފަރާތްތަކުން އެކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި. އެގޮތުން އޮންލައިންކޮށް ފައިސާ ދެއްކުމަށް އެކޯޕަރޭޝަންގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު 003-134831-7701 ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓް ނަންބަރު 100-48000439-01-9901 އަށް ފައިސާ ޓްރާންސްފަރ ކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ފައިސާ ދެއްކި ރިސިޓްކޮޅު، ފައިސާ ދެއްކި ފަރާތުގެ ނަމާއި ތަނުގެ ތަފްސީލް (އެޕާރޓްމަންޓް ނުވަތަ ލޮޓް ނަންބަރ) އެގޭނެގޮތަށް 7290448 އަށް ވައިބަރ ކުރުމުން އެ ކޯޕަރޭޝަނުން ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާ ގުޅޭ ތަފްސީލް އެ ނަންބަރަށް މެސެޖު ކުރުމުންވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.