ތަޢުލީމު

ހއ. އުތީމް ސްކޫލްގެ ދަރިވަރުން ތަޖުރިބާ ދަތުރެއްކޮށްފި


ހއ. އުތީމު ސްކޫލްގެ ގްރޭޑް ދިހައެއްގައި ތަޢުލީމް ޙާސިލު ކުުރަމުންދާ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ގޮތުން ހއ. އަލިދޫ ރިސޯޓަށް ދަތުރެއްކޮށްފިއެވެ.

މި ދަތުރަކީ ރިސޯޓު ދާއިރާގައި ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ރިސޯޓުގެ އެކިއެކި ޑިޕާރމަންޓުން ކުރާ މަސައްކަތްތައް ދަރިވަރުންނަށް ދައްކާލާ އަމަލީ ގޮތުން ދަރިވަރުން އެކަމުގައި ބައިވެރިކުރުމަށް ކުރި ދަތުރެއް ކަމަށް އުތީމު ސްކޫލުން މައުލޫމާތުދީފައިވެއެވެ. 

މީގެއިތުރުން އަލިދޫ ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ސްކޫލު ދަރިވަރުުންނާއި ޙިއްސާކޮށްފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

އުތީމު ސްކޫލްގެ ގްރޭޑް 10ގައި ތަޢުލީމް ޙާސިލްކުރަމުންދާ 17 ކުއްޖަކު މި ދަތުރުގައި ވަނީ ބައިވެރިވެފައެވެ.