ފުޓުބޯޅަ

ދިވެހި ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ - ޕޮޕޯވް


ރާއްޖެއަށް ގޭމްސް ނިމުނުއިރު ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި ޓީމަށް ބަދަލުތަކެއްވެސް ގެންނަން ޖެހޭ ކަމަށް ޤައުމީ ކޯޗް ވެލިޒާ ޕޮޕޯވް ބުނެފިއެވެ. މަޑަގަސްކަރަ އަތުން ބަލިވެ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްއިން ކެޓުމުން ކޯޗް ބުނީ ގޭމްސްއިން ވަރަށް ގިނަ ކަންތައް ތަކެއް
އެނގިއްޖެ ކަމަށާއި، މިއީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ލިބުނު ރަނގަޅު
ތަޖުރިބާއެއް ކަމަށެވެ. "ބައެއް ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު،
އެކަމަކު ޓީމްގަ ނެތް 6 ދުވަސް ތެރޭ 3 މެޗް ކުޅޭ ހިތްވަރު ހުރި ކުޅުންތެރިންނެއް،
މިއީ ބަދަލު ކުރަން ޖެހޭ ކަމެއް" ސާފް ޗެމްޕިއަންޝިޕަށް އިޝާރާތްކޮށް ކޯޗް
ބުންޏެވެ. މިގޭމްސްއިން ލިބުނު ފިލާވަޅާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ރާއްޖޭ
ޤައުމީ ޓީމްގައި ހިމެނެން ނުވާ ބައެއް ސީނިއަރ ކުޅުންތެރިން މިހާރުވެސް
ފާހަގަވެފައިވާކަމަށް ކޯޗް ބުންޏެވެ. ކުރިއަށް ހުރި ދުވަސްތަކުގައި މިކަމަށް
ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ވެލިޒާ
ޕޮޕޯވް ބުންޏެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެ ކެޓިއިރު ކުޅުނު
ތިން މެޗްގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.