ފުޓުބޯޅަ

މަޑަގަސްކަރަ އަތުން ބަލިވެ ރާއްޖެ ކަޓައިފި


މަޑަގަސްކަރަ އަތުން ބަލިވެ ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމް އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްއިން ކަޓައިފިއެވެ. މިއަދު ގްރޫޕްގެ ފަހު މެޗްގައި މަޑަގަސްރަ
އަތުން ރާއްޖެ ބަލިވީ ހަތަރު ލަނޑު ސުންލަނޑުންނެވެ. މިމެޗުން ރާއްޖެ މޮޅުވި ނަމަ
ފައިނަލުން ރާއްޖެއަށް ޖާގަ ލިބޭނެ. މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި
މަޑަގަސްކަރައަށް ކާމިޔާބުކޮށްދިނީ ޗާލްސްއެވެ. މަޑަގަސްކަރައިގެ ދެވަނަ ލަނޑު ދެވަނަ
އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައެވެ. ދެވަނަ ހާފްގައި
މަޑަގަސްކަރަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިކަން
ފާހަގަކޮށްލެވޭ. މަޑަގަސްކަރަ ތިންވަނަ ލަނޑު ޖެހީ އެޓީމަށް ޕެނަލްޓީއެއް ލިބި
ބޭކާރުވިފަހުން. އެޓީމުން ޖެހި ޕެނަލްޓީ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.
މަޑަގަސްކަރައިގެ ހަތަރުވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗްގެ އިތުރު
ވަގުތުގައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގްރޫޕް ސްޓޭޖްގައި
ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗުން ބަލިވިއިރު، މޮޅުވީ ސީޝެލްއާ ވާދަކުރި
މެޗުން އެކަންޏެވެ.