ޚަބަރު

ވިލާ ގޭހަށް މިހާރު އޮންލައިންކޮށް އޯޑަރު ދެވޭނެ


އޮންލައިންކޮށް ގޭހަށް އޯޑަރުދެވޭނެ އިންތިޒާމް ވިލާ ގޭހުން ހަމަޖައްސައިފިއެވެ.

އޮންލައިންކޮށް ގޭހަށް އޯޑަރު ދެވޭނީ ވިލާ ގޭހުގެ ވެބްސައިޓްް "villagas.mv" މެދުވެރިކޮށެވެ. ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ގޭހަށް އޯޑަރުކުރެވޭ ޚިދުމަތަކީ އެ ކުންފުނިން މުޅިން އަލަށް ފެށި ޚިދުމަތެކެވެ. ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާ ގޭހުގެ ހެޑް އޮފް ސޭލްސް ބާސިލް ނަފީސް ވިދާޅުވީ މި ޚިދުމަތާއިއެކު 24 ގަޑިއިރު އޯޑަރުތައް ބަލައިގަންނަމުންދާނެކަމަށެވެ. އަދި ލިބޭ އޯޑަރުތަށް ކޮންމެ ދުވަހަކުވެސް ޚިދުމަތްދޭ ވަގުތުތަކުގައި ގޭގެއަށް ފޮނުވަމުންދާނެކަމަށެވެ.އަދި އޯޑަރު ކުރުމުން ކޮންފޮމެޝަން އެސްއެމްއެސްއެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވެބްސައިޓުން އޯޑަރުކުރާއިރު ހަމަ މަޢުލޫމާތުތައް ފިލްކޮށްފަ ސަބްމިޓް ކުރީމަ ވަގުތުން އަޅުގަނޑުމެންގެ ސިސްޓަމްއަށް ވަންނާނެ. އޭރުން ހަމަ އެންމެ އަވަހަށް ޑެލިވަރީ ކުރާ ވަގުތު ގޭސް ފުޅި ލިބޭނެ. މި ޚިދުމަތުގައި އޮންލައިންކޮށްވެސް ފައިސާ ދެއްކޭނެ." ބާސިލް ވިދާޅުވިއެވެ.

ބާސިލް ވިދާޅުވީ އަލަށް ގޭސްފުޅި ނަގާ މީހުންނާއި، ނޫނީ އިތުރު ޚިދުމަތް ބޭނުންވާނަމަވެސް ވެބްސައިޓްގެ މި ޚިދުމަތް މެދުވެރިކޮށް ހުށައެޅޭނެކަމަށެވެ. ވިލާ ގޭހަކީ އަތޮޅުތަކަށްވެސް ގޭސް ސަޕްލައި ކުރާ ކުންފުންނެކެވެ. އަދި ކޯވިޑް 19ގެ މި ޙާލަތުގައިވެސް ޚިދުމަތަށް އެއްވެސް ބަދަލެއް ނައިސް ރަށްރަށަށް ގޭސް ފޮނުވަމުންދާކަމަށް ބާސިލް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރުގެ ޙާލަތުގައި ގޭސްފުޅި ގެންގޮސްދޭނީ ޢިމާތްތަކުގެ ތިރީ ބުރިއާ ހަމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއިންވެސް ތިލަފުށިންވެސް އަތޮޅުތަކަށް ގެންދަން ގޭސް ލޯޑްކުރޭ. އެކަމަކު އަޅުގަނޑުމެންގެ މިވަގުތުގެ އިލްތިމާސަކީ ރަށްރަށުން އަންނަ ބޭފުޅުން ތިލަފުއްޓަށް ގޭސް ބަލާ ދިއުން. އޭއި ޚިދުމަތް އަވަސްވުމާއި، ރައްކާތެރިކަން އިތުރުވުމާއި އަދި ފައިސާ ދެއްކުމުގެ ކަންކަންވެސް ފަސޭހަވާނެ." ބާސިލް ވިދާޅުވިއެވެ.

ރޯދަމަހު ވިލާގޭހުން ޚިދުމަތްދޭ ވަގުތުތަކަކީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ފުވަހަށް ހެނދުނު 10:00އިން 03:00އަށް އަދި ރޭގަނޑު 08:30އިން 10:30އަށެވެ އަދި ހުކުރު ދުވަހު ޚިދުމަތް ދޭނީ މެންދުރު 01:30އިން 03:00އަށް އަދި ރޭގަނޑު 08:30އިން 10:30އަށެވެ.