ޚަބަރު

ގއ. ކަނޑުހުޅުދޫ ބަނދަރުގައި ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި


ގއ. ކަނޑުހުޅުދޫ ބަނދަރުގައި ތޮށި ލުމުގެ މަސައްކަތް ނިމިއްޖެކަމަށް އެ މަޝްރޫއު ހިންގި މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ބުނެފިއެވެ.

ކަނޑުހުޅުދޫ ބަނދަރުގެ ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރު މާޗް މަހުގެ 27 ވަނަ ދުވަހު އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫގެ ދަށުން ކަނޑުހުޅުދޫގައި 414 އަކަ މީޓަރުގެ ތޮށިގަނޑެއްވެސް ލާފައިވާކަމަށެވެ. އަދި ރަށުގެ ބަނދަރަށް މީހުން އަރާ ފޭބުމަށް ޚާއްސަކޮށް 2300 އަކަ މީޓަރުގެ ސަރަހައްދެއްވެސް ވަނީ ތަރައްޤީކޮށްފައިވާކަމަށެވެ.

ކަނޑުހުޅުދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެޕޮލްމެންޓް، އޮފިޑް އިން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ.