ވިޔަފާރި

އެސްޓީއޯއަށް ދެވަނަ ކުއަރޓަރގައިވެސް މާލީ ބޮޑު ފައިދާއެއް


 ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއަރޓަރގައި
ސާފު ފައިދާގެ ގޮތުގައި 88.21 މިލިއަން ރުފިޔާ
ލިބިއްޖެއެވެ.



މިއީ
މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 77.48 މިލިއަން ރުފިޔާއާއި އަޅާބަލާއިރު% 13އިތުރު އަދަދެކެވެ.



ސަރުކާރާއި ރައްޔިތުން ހިއްސާވާ
ކުންފުނި، އެސްޓީއޯއިން އާއްމުކޮށްފައިވާ
މިއަހަރުގެ 2 ކުއަރޓަރގެ މާލީ ހިސާބްތައް ދައްކާގޮތުން 2 ކުއަރޓަރގައި އެކުންފުންޏަށް ޖުމްލަ 1.88 ބިލިއަން ރުފިޔާގެ އާމްދަނީއެއް
ވަނީ ލިބިފައިއެވެ. އަދި ކުންފުނި ހިންގައިގެން 136.56 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.



އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ
ގޮތުން ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައިވަނީ 78 ރުފިޔާ 28 ލާރިއެވެ.



އެސްޓީއޯއަށް
ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ
ވަނީ ލިބިފައެވެ.