ޚަބަރު

ވެލިދޫ ގެއަކުން ހަނޑޫ ބަސްތާތަކެއް ވަގަށް ނަގައިފި


ނ.ވެލިދޫ ގެއެއްގެ ގުދަނުގައި ރައްކާކޮށްފައިހުރި ހަނޑޫ ބަސްތާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއެއްގެ ގުދަނުގައި ރައްކާކޮށްފައި ހުރި 3ހަނޑޫ ބަސްތާ ވަގަށް ނެގި ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރުފަހު 03:00 ހާއިރުކަަމަށެވެ.

ފުލުހުން މިހާރު ވަނީ ވަގަށް ނެގި ހަނޑޫބަސްތާތައް ހޯދާފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން 2 މީހުން ވަނީ އެރަށުން ހައްޔަރުކޮށްފައެވެ.

ފުލުހުންބުނެފައިވަނީ 1 ބަސްތާ ހަނޑޫ ހޯދާފައި ވަނީ 100ރުފިޔާއަށް މީހަކަށް ވިއްކާލާފައި ވަނިކޮށް ކަމަށެވެ. އަދި އަނެއް ދެ ބަސްތާ ހަނޑޫ، ހައްޔަރުކުރި މީހުންގެތެރެއިން އެކެއްގެ ގޭގައި ފޮރުވާފައިވަނިކޮށް ހޯދާފައިވާކަމަށެވެ. މި ހަނޑޫ ބަސްތާތަށް މިހާރު ވަނީ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 19އަހަރާއި 32 އަހަރުގެ ދިވެހި 2 ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.